ސްޓާ ބާރަތު އިން ދައްކަމުން އަންނަ ކާމިޔާބު ޑްރާމާ "މުސްކާން"ގެ ލީޑު ފިރިހެން ތަރިއަކަށް ޝަރަދު މަލްހޯތުރާ ހަމަޖައްސައިފިއެވެ.

ކަލާސްއިން ދާދި ފަހުން އޮންއެއާ ކުރުން ހުއްޓާލި މަޝްހޫރު ޑްރާމާ "ކަސަމް ތެރޭ ޕިޔާރް ކީ" އިންވެސް ލީޑު ފިރިހެން ތަރިއެއްގެ ގޮތުގައި ފެނުނު ޝަރަދު "މުސްކާން" އިން ފެނިގެންދާނީ އާ ސްޓޯރީ ލައިނަކާ އެކު ކަމަށް ހަބަރުތައް ބުނެއެވެ.

"ޝަރަދު އަކީ އެ ރޯލަށް އެންމެ އެކަށީގެންވާ ތަރި، އެއީ ޓީވީގައިވެސް މަގުބޫލު ތަރިއެއް. ޝަރަދުއަށް ޑްރާމާގެ އާ ސްޓޯރީލައިން އާއި އޭނާގެ ރޯލުވެސް ކަމުދޭ..،" ޑްރާމާ އުފެއްދުމުގައި ހަރަކާތްތެރިވާ ފަރާތަކާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

ހަމައެއާއެކު، "މުސްކާން"ގެ އާ ސްޓޯރީލައިން ގައި ފެނިގެންދާނެ ލީޑު އަންހެން ތަރިއަކު ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ.

Articl Inline Image

"މުސްކާން" ސީރީޒަކީ ހަށިވިއްކާ އަންހެނަކާއި އޭނާގެ ކުޑަދަރިފުޅު ކަމަށްވާ މުސްކާން، އަށް ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި އަދި އެމީހުންގެ ހިތްދަތި މަޖުބޫރު ދިރިއުޅުން ދައްކުވައިދޭ ޑްރާމާ އެކެވެ.