ކަސޯޓީގެ ދެވަނަ ސީޒަންގެ ތަރިންތައް މަޑުމަޑުން އިއުލާން ކުރަމުން އަންނަ ދަނޑިވަޅެއްގައި، ބަޖާޖުގެ ރޯލުން ފެނިގެންދާނީ، މީގެ ކުރިންވެސް މަގުބޫލު ޑުރާމާތަކެއް ކުޅެފައިވާ ހިތެން ތޭޖުވާނީ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

އެހެންނަމަވެސް މިމަހުގެ 25 ވަނަ ދުވަހު ސްޓާ ޕުލަސްއިން ދެއްކުމަށް ހަމަޖެހިފައިވާ އެ ޑުރާމާގައި ބަޖާޖު ރޯލު އަދާކުރަނީ ކާކު ކަމެއް ރަސްމީކޮށް އެއްވެސް ފަރާތަކުން އިއުލާނުކޮށްފައެއް ނުވެއެވެ.

ކަސޯޓީގެ ފުރަތަަ ސީޒަންގައި ހިތެން ވަނީ އަނޫރާގުގެ ރޯލުވެސް އަދާކޮށްފައެވެ. އޭނާއަށް އެ ފުރުސަތު ލިބުނީ ކުރިން އަނޫރާގުގެ ރޯލު އަދާ ކުރި ސުޒޭން ހާން އެ ޝޯވް ދޫކޮށްލުމުންނެވެ.

އެކްތާ ޑައިރެކްޓު ކުރާ އެ ޝޯވް ޕްރޮމޯޓު ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާއިރު، ޕްރޭނާގެ ރޯލުން ފެންނާނީ އެރިކާ ފެނާންޑޭސް އަދި އަނޫރާގުގެ ރޯލުން ފެނިގެންދާނީ ޕާރތު ސަމްތާން އެވެ.

އަދި ކޮމޮލިކާގެ ރޯލުން ފެނިގެންދާނީ ހީނާ ހާން ކަމަށްވެސް ހަބަރުތައް ބުނެއެވެ.