"ނީލެ ނީލެ އަމްބަރް"، "އެކް އަޖުނަބީ ހަސީނަސޭ" ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ ލަވަކިޔުންތެރިއާ ނިތިން ބާލީ މަރުވެއްޖެއެވެ.

ހަބަރުތައް ބުނާގޮތުން ނަމަ، ނިތިން މަރުވެފައިވަނީ ކާރު އެކްސިޑެންޓަކާ ގުޅިގެން ލިބުނު ޒަހަމްތަކެއްގެ ސަބަބުންނެވެ. އަދި އޭނާ އެކްސިޑެންޓު ވެފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެގޮތުން ނިތިން އެކްސިޑެންޓުވީ، މަލަދު އިން ފުރައިގެން ބޮރިވަލީގައި ހުންނަ އޭނާގެ ގެއަށް ދަނިކޮށް ކަމަށާއި އޭނާގެ ކާރު އެކްސިޑެންޓުވީ ކޮންޓުރޯލް ގެއްލުމުގެ ސަބަބުން ގޮސް މަގު ޑިވައިޑަރެއްގައި ޖެހިގެން ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެހެންނަމަވެސް ނިތިން މަރުވީ، އެކްސިޑެންޓު ވީ ވަގުތު ނޫން ކަމަށާއި އޭނާ މަރުވީ ލިބިފައިވާ ކުދިކުދި އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލުމުން ގޮސް ގޭގައި ހުއްޓާ ކަމަށް ހަބަރުތައް ބުނެއެވެ.

އެގޮތުން ނިތިން މަރުވީ ގޭގައި ހުރެ، ލޭ ލުމަށްފަހު ކަމަށާއި ނިތިން މަރުވީ އޭނާގެ ލޭގެ ޕްރެޝަރުވެސް ނުރައްކާ ވާފަދަ މިންވަރަކަށް ދަށް ވުމަށް ފަހުގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ނިތިން މަރުވި އިރު އޭނާގެ އަނތްބަކާއި ދަރިއަކުވެސް ހުރެއެވެ.