ހިނގާއިރު ކަކޫ ގޭނޭ ސަރަހައްދުގައި ހުންނަ ލޮނދިކަން ގޮސް ކަކުލު ހުޅު ބަދަލު ކުރަން ޖެހުމަކީ މިހާރު ރާއްޖޭގައި އާންމު ކަމެކެވެ. ނިސްބަތުން ގިނަ ބަޔަކު ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރެއެވެ. ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު ޑރ. އަލީ މުޒުނީއަށް ދައްކައިގެން ސަރުކާރުގެ މައި ހޮސްޕިޓަލުން މި އޮޕަރޭޝަން ކުރަން ނަންނޯޓުކޮށް މިހާރުވެސް ދޮޅު އަހަރުގެ ވެއިޓިން ލިސްޓެއް އެބައޮތެވެ.

ކަށީގެ ބަލިތަކުގެ އޮޕަރޭޝަންތައް ޑރ. މުޒުނީގެ ޓީމުން މިހާރު ރާއްޖޭގައި ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. މާލޭގެ އިތުރުން ބައެއް ރަށްރަށުގައިވެސް މި އޮޕަރޭޝަން ކުރުމަށް ޑރ. މުޒުނީ ދަނީ ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ. ދާދިފަހުން ވަނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައިވެސް ކާމިޔާބު އޮޮޕަރޭޝަނެއް ކުރައްވައިފައެވެ.

Articl Inline Image



މާލޭގައި ހުންނަ ތިން ހޮސްޕިޓަލުގެ ތެރެއިން މެޑިކާ ހޮސްޕިޓަލަކީވެސް ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް ދާ ހޮސްޕިޓަލެކެވެ. ގިނަބައެއްގެ މެދުގައި މަގުބޫލު، އަދި އިތުބާރު ހޯދައިފައިވާ ހޮސްޕިޓަލެކެވެ. މެޑިކާއިން މިވަނީ، އަދިވެސް އާންމުންނާ ގާތަށް ޖެހިލައިފައެވެ. މިދިޔަ ހަފްތާގެ އަންގާރަދުވަހު މެޑިކާގައި ކުރި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ލައިވް ސްޓްރީމް ކޮށް، މެޑިކާއިން ވަނީ، އެތަނުންދޭ ޚިދުމަތްތަކަށް ކަސްޓަމަރުން ކުރާ އިތުބާރާއި ޔަގީންކަން އިތުރުކޮށްފައެވެ. ފޭސްބުކް މެދުވެރިކޮށް ލައިވްކުރަމުން ގެންދިޔަ އޮޕަރޭޝަން ކުރިއަށް ދިޔައިރު، ޑރ. މުޒުނީ ގެންދެވީ ބެލުންތެރީންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިއީ މެޑިކާގައި ކުރި ކަކުލު ހުޅު ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަނެއް ނޫނެވެ. އެ ހޮސްޕިޓަލްގައި ވަނީ މިހާތަނަށް ކަކުލު ހުޅު އެއްކޮށް ބަދަލުކުރުމުގެ ކާމިޔާބު 16 އޮޕަރޭޝަން ކޮށްފައެވެ.

Articl Inline Image


ޑރ. މުޒުނީ ވިދާޅުވީ، މިފަދަ އޮޕަރޭޝަންތައް ލައިވް ކުރަނީ އާންމުން ހޭލުންތެރި ކުރުވުމަށް ކަމަށެވެ. އަދި މިއީ ރާއްޖޭގައިވެސް ކާމިޔާބު ކަމާއެކު ކުރެވިދާނެ ކަމެއްކަން ޔަގީންކޮށްދިނުމަށްކަމަށެވެ.

އިތުރު މައްސަލަތަކެއް މެދުވެރި ނުވާނަމަ، އޮޕަރޭޝަނަށްފަހު ދެދުވަސްތެރޭ ބަލިމީހާއަށް ހިނގައި ގަނެވޭނެކަމަށް ޑރ. މުޒުނީ ވިދާޅުވިއެވެ.

"އެއްވެސް ސަޕޯޓަކާ ނުލައި ފަސް ދުވަސްތެރޭ ހިނގޭނެ. ދެ ހަފްތާ ހޮސްޕިޓަލުގައި ބާއްވާފައި އަނެއް ދެހަފްތާވެސް އަންނަންޖެހޭނެ ފިޒިއޯތެރަޕީ އަށް،" ބެލުންތެރިއެެއްގެ ސުވާލަށް ޖަވާބުދެއްވަމުން ޑރ. މުޒުނީ ވިދާޅުވިއެވެ.

Articl Inline Image



ކަކުލު ހުޅު ބަދަލުކުރަންޖެހެނީ ކަށިގަނޑުގެ ކޮޅުގައި ހުންނަ ލޮނދިފަށަލަ ހަލާކުވެ، އޭގެ ސަބަބުން ތަދު އިހުސާސްވެ، ބޭސް ދިނުމުންވެސް އަދި ކަސްރަތުކޮށްގެންވެސް ތަދު ފަސޭހަ ނުވެ އިތުރު އެހެން ގޮތެއް ނެތުނީމައެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވިޔަސް މި އޮޕަރޭޝަން ކުރަންޖެހޭ ހާލަތު މެދުވެރިވެއްޖެނަމަ އޮޕަރޭޝަން ކުރެވިދާނެއެވެ.

"ރާއްޖޭގައި ހުޅުގެ އޮޕަރޭޝަން ވަރަށް ގިނައިން ކުރަންޖެހޭ. ކަކުލު ހުޅު ބަދަލުކުރުމުގެ އިތުރުން ހުޅުގެ އެތެރޭގެ ލިގަމެންޓު ލެއްވުން، މައިބަދައިގެ އޮޕަރޭޝަން، ކަށިގަނޑު ބިނދިގެން ކުރަން ޖެހޭ އޮޕަރޭޝަން ފަދަ އޮޕަރޭޝަންތައް ކުރަންޖެހޭ،" ޑރ. މުޒުނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފަދަ އޮޕަރޭޝަންތައް ރާއްޖެއިން ކުރަން މިހާރު ދިވެހިން ފަސް ނުޖެހޭ ކަމަށެވެ. އަދި މިއީ ބިރު ގަންނަންވީ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

Facebook Embeded



"އޮޕަރޭޝަނަށްފަހު 95 ޕަސެންޓު އުނދަގޫ ކުޑަވާނެ. 100 ޕަސެންޓު ރަނގަޅުވާނެއެކޭ ނުބުނެވޭނެ،" ޑރ. އަލީ މުޒްނީ ވިދާޅުވިއެވެ.

މެޑިކާގައި ވަނީ ޚިދުމަތް ދިނުމަށް އެންމެ ޒަމާނީ ފެންވަރު އޮޕަރޭޝަން ތިއޭޓަރަކާއި، އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގާއިމުކޮށްފައެވެ. އަދި، ކަކުލު ހުޅު ބަދަލުކުރުމަށް ބޭނުންކުރާ މެޓީރިއަލްއަކީވެސް މެޑިކިއުޕް މޯލްޑިވްސްގެ އެހީތެރިކަމާއެކު ރާއްޖެ ގެނެސްފައިވާ ފެންވަރު ރަނގަޅު އިތުބާހިފޭ ތަކެތިކަން، މެޑިކާއިން ޔަގީންކޮށްދެނީ އުފަލާއި ހިތްހަމަޖެހުމާއެކުއެވެ.