ގިނަ މީހުންނަކީ ރީތިކަމާއި ޒީނަތްތެރިކަމަށް ވަރަށް ބޮޑަށް ލޯބިކުރާ މީހުންނެވެ. އެގޮތުން، ރީތިވުމަށް ބޭނުންކުރާ ސާމާނު ހޯދުމަށް އެތަކެއް ހޭދައެއް އެމީހުން ކުރެއެވެ. ތަފާތު ބާވަތްތަކުގެ ކޮސްމެޓިކްސް ބޭނުންކުރަނީ ގިނަ ފަހަރު އެއިން ލިބިދީފާނެ ގެއްލުމަކަށްވެސް ބަލާލުމެއް ނެތިއެވެ. ރީތިވުމަށް ބޭނުންކުރާ ތަފާތު ކޮސްމެޓިކްސްގައި ހިމެނޭ ބައެއް ކެމިކަލްތަކަކީ އަންހެންކުދިންގެ ޕިއުބާޓީ ނުވަތަ ބާލިޣުވުން އަވަސް ކުރުވާއެއްޗެއްކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

ޖާނަލް އޮފް ހިއުމަން ރިޕްރޮޑަކްޝަނުގައި ޝާއިއުކޮށްފައިވާ މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ޔުނިވާސިޓީ އޮފް ކެލިފޯނިޔާ އިންނެވެ. ދިރާސާގައި މަންމައިންނާއި އެމީހުންގެ ދަރިން ގައިން ސާމްޕަލްނަގައިގެން، ދަރީން ބާލިޣުވުމާ ހަމައަށް ގޮސްފައިވާ އުމުރު ދެނެގަނެފައިވެއެވެ.

މައިމީހާ ބަނޑުބޮޑުވުމުގެ ކުރިންނާއި އޭގެ ފަހުންވެސް ބޭނުންކުރާ ތަފާތު ކޮސްމެޓިކްސްގައި ހިމެނޭ ކެމިކަލްގެ ސަބަބުން ދަރިފުޅު ފުރާވަރަށްއެރުމަށްފަހު އަދި އެ އުމުރުގައި ދިމާވާ "ޕިއުބާޓީ" އޭ ކިޔާ ކަންތައްތައް ދިމާވާލެއް އަވަސްކަން ދިރާސާގައި ވަނީ ފާހަގަ ކޮށްފައެވެ. މާ އަވަހަށް މި ކަންތައް ދިމާވުމަކީ އަންހެން ކުދިންނަށް ނަފްސާނީ ބަލިތަކާއި ސިކުނޑީގެ ކެންސަރު ފަދަ ބަލިތަކަށް ވާރުތަކުރާނެ ކަންތައްކަންވެސް ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.

އާންމުކޮށް އަންހެންކުދިންނަށް ޕިއުބާޓީ ފެށެނީ 11 އަހަރުގައި ނަމަވެސް މިހާރަކަށް އައިސް އަށް އަހަރު އަދި އެއަށްވުރެ ހަގު އުމުރުގައިވެސް ބާލިޣުވުމުގެ އަލާމާތްތައް އަންހެންކުދިންގެ ފުށުން ފެންނަމުންދާކަން ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.

ކޮސްމެޓިކްސްގައި ހިމެނޭ ކެމިކަލްތަކަކީ އިންސާނީ ދަރިފަސްކޮޅުގެ ހެދިބޮޑުވުމަށް އޮތް ހުރަހެއް އަދި ނުރައްކަލެއްގެ ގޮތުގައިވެސް ވަނީ ފާހަގަ ކޮށްފައެވެ. ހޯމޯންސްއަށް އަސަރު ކުރާ ކެމިކަލް ހިމެނޭ ބިއުޓީ ޕްރޮޑަކްޓްސް ދެނެގަނެ އެތަކެތިން ދުރުވުމަށް އެ ދިރާސާގައި ގޮވާލާފައިވެއެވެ.

Note: Any information published on this website is not intended or implied to be a substitute for professional medical advice, diagnosis or treatment. All content, including text, graphics, images and information, contained on or available through this website is for general information purposes only. You should not take any action before consulting with a healthcare professional.