ޝާހުރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔާން ޚާންގެ ފޭސްބުކް އެކައުންޓު ހެކުކޮށްފިއެވެ.

އާރްޔާން ވަނީ އޭނާގެ ފޭސްބުކް އެކައުންޓު ހެކުކޮށްފައިވާކަން އިންސްޓަގުރާމް މެދުވެރިކޮށް އިއުލާނުކޮށްފައެވެ. އަދި އެ އެކައުންޓުން ހިންގާ އެއްވެސް ކަމަކަށް އަޅާ ނުލުމަށްވެސް އޭނާ ވަނީ އެދިފައެވެ.

ފިލްމުތަކުން ނުފެނުނު ނަމަވެސް އާރްޔާން އަކީ އޭނާގެ ބައްޕައެކޭ އެއްފަދައިން ސެލެބްރިޓީއެކެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް ފޮލޯ ކުރާ އެތަކެއް މިލިއަން މީހުން އުޅެއެވެ.

އާރްޔާން ފިލްމީ ދާއިރާއަށް ނުކުންނާނެ ކަމުގެ ހަބަރުތަކެއްވެސް މީގެ ކުރިން ވަނީ ފެތުރިފައެވެ. އެހެންނަމަވެސް އާރްޔާން އަށް ފިލްމު ކުޅެވޭނީ ކިޔެވުން ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ޝާހު ވަނީ ބުނެފައެވެ.

މިހާރު ކެލިފޯނިއާގައި މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ އާރްޔާން، ފިލްމު ކުޅެން ބޭނުން ނަމަ އެހީތެރިވެދޭނެ ކަމަށް މަޝްހޫރު ޑައިރެކްޓަރު އަދި ޝާހުގެ ގާތް ރަހުމަތްތެރިޔާ ކަރަން ޖޯހަރު ވެސް ވަނީ ބުނެފައެވެ.