ނިދަން އޮންނައިރު އޮވެވޭ ގޮތަކުން ހަށިގަނޑަށް ތަދުތައް އެރުމަކީ އަބަދުވެސް ދިމާވާ މައްސަލައެކެވެ. މިކަން ހައްލު ކުރަން ބައެއް މީހުން ބޭނުން ކުރަނީ އެކި އުކުޅެވެ. ގައިގަ ރިއްސާ މީހުންނަށް ހާއްސަ ގޮދަޑިއާއި ބާލީސްވެސް ގަނެއެވެ.
ސްލީޕް ވެލްނެސް ބާލީހަކީ ހުޅުތަކުގައި ރިއްސާ މީހުންނާއި ގައިގައި ރިއްސާ މީހުންނަށް ހާއްސަކޮށްގެން ޚާއްސަ މެމޮރީ ފޯމެއް ބޭނުންކޮށްގެން އުފައްދާފައިވާ ބާލީހެކެވެ.
ހާއްސަކޮށް އުނަގަނޑާއި ހުޅުތަކުގައި ރިއްސާ މީހުންނަށް ޑިޒައިން ކޮށްފައިވާ މި ބާލީސް އުނަގަނޑު ދަށަށް ލައްވައިގެން ނޫނީ ފައިގެ ކުޑަހުޅާ ދިމާލުގައި ބާއްވައިގެން ނިދާނަމަ އެ ސަރަހައްދުތަކުގައި ހުންނަ ތަދު ކެނޑި ލޭ ދައުރުވާ މިންވަރު ރަނގަޅުކޮށްދެއެވެ. އަދި މިއީ އަރާމު، މަޑު މެޓީީރިއަލް އެއް ބޭނުންކޮށްގެން އުފައްދާފައިވާ ބާލީހަކަށް ވުމުން ނިދާއިރު އަރާމު އިހުސާސް ވާނެއެވެ.
ބްރީތަބަލް ކަވަރެއް އެކުލެވޭ މި ބާލީސް ހަޑިވެއްޖެ ނަމަ ކަވަރު ނައްޓަލައިގެން ދޮވެލަން ވެސް ވަރަށް ފަސޭހަ ވާނެއެވެ. ކަކުލަށް ތަދުވާމީހުން ކަކޫ ދޭތެރެއަށް ލައްވަން ހާއްސަ ތަންކޮޅެއްވެސް މި ބާލީހުގައި ހިމަނާފައި ވެއެވެ.
މިއީ ގައިގައި ރިއްސުމާއި އުނަގަނޑުގެ ތަދު އަދި ހުޅުތަކުގެ ތަދު ހުންނަ މީހުން މިހާރުން މިހާރަށްވެސް ބޭނުން ކުރަން އެންމެ ރަނގަޅުވާނެ އުފެއްދުމެކެވެ. އަރާމު ނިންޖަކަށްފަހު މީހާ ތާޒާވެ ދުވަހުގެ މަސައްކަތައިގެން ކުރިއަށް ދިއުމަށް ފަސޭހަވާނެއެވެ. ދުވަސް ތާޒާކަމާއެކު ފެށުމަށް އަރާމު ނިންޖަކަށް މި ބާލީސް ބޭނުން ކުރާމީހުންގެ ވާހަކަތަކަށް ބަލާއިރު މި ބާލީސް ބޭނުން ކުރަން ފަށާތާ ދެ ރެއެއްގެ ތެރޭގައި ހުޅުތަކުގެ ރިހުން ކުޑަކޮށްދީ އަރާމު ނިންޖެއް ލިއްބައިދޭކަމަށް އެމީހުން ބުނެއެވެ.
މާލޭގެ ފިހާރަތަކުގައިވެސް މި ބާލީސް ވިއްކަން ހުރެއެވެ. ގާތްގަނޑަކަށް 22 ޑޮލަރަށް އޮންލައިންކޮށްވެސް ގަނެލެވޭނެއެވެ.