ހޮލީވުޑް މިއުޒިކްގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް، ގްރެމީ އެވޯޑްސްގެ 61 ވަނަ އެޑިޝަން ރޭ ބާއްވާފައިވާއިރު، އެންމެ ޝަރަފުވެރި އެވޯޑު ކޭސީ މަސްގްރޭވްސް އުފުލާލައިފިއެވެ.

ކޭސީއަށް ވަނީ ގޯލްޑަން އަވާ އިން އަލްބަމް އޮފް ދަ އިޔަރ އެވޯޑާއި، ބެސްޓް ކަންޓްރީ އަލްބަމް، ބެސްޓް ސޯލޯ ޕާފޯމަންސް އަދި ބެސްޓް ކަންޓްރ ސޯންގް ގެ އެވޯޑް ލިބިފައެވެ.

ކޭސީ ވަނީ އޭނާގެ މިއުޒިކް "ޗެމްޕިއަންއަކަށް ހަދައިދިން" ހުރިހާ މީހުންނަށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން ޗައިލްޑިޝް ގެމްބީނޯއަށްވެސް މިއަހަރުގެ ގްރޭމީ އަކީ ކާމިޔާބު އެވޯޑު ހަފްލާއެކެވެ. ރޭގެ ހަފްލާ އިން އޭނާ ނުފެނުނު ނަމަވެސް ސޯންގް އަދި ރެކޯޑް އޮފްދަ އިޔާ، މިއުޒިކް ވީޑިއޯ އަދި ބެސްޓް ރެޕް ޕާފޯމަންސްގެ އެވޯޑު އޭނާ އަށް ވަނީ ލިބިފައެވެ.

ގްރެމީ އެވޯޑްސް ހަފްލާގައި އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝެލް އޮބާމާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.