ކާމިޔާބު އަދި މަގުބޫލު ފުރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ ނުވަ ވަނަ ފިލްމު ރިލީޒު ކުރާ ތާރީހަށް ބަދަލު ގެނެސްފިއެވެ.

ހަބަރުތައް ބުނާގޮތުން ނަމަ، މީގެ ކުރިން 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ރިލީޒު ކުރަން ތާވަލުކޮށްފައިވާ އެ ފިލްމު، މިހާރު ރިލީޒު ކުރަން ހަމަޖެހިފައިވަނީ ހަމަ އެހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު އެވެ.

މިއީ ޔުނިވާސަލް ޕިކްޗާސްއިން އުފައްދާ އެ ފިލްމު، ރިލީޒު ކުރާ ތާރީހަށް ބަދަލު ގެނައި ދެ ވަނަ ފަހަރެވެ.

"ފާސްޓް އެންޑް ފިއުރިއަސް" ގެ ފުރަތަމަ ފިލްމު ރިލީޒު ކޮށްފައިވަނީ 2001 ވަނަ އަހަރު އެވެ. އެ ފިލްމަށް އާއްމުދަނީއެއްގެ ގޮތުގައި މުޅި ދުނިޔެއިން ފަސް ބިލިއަން ޑޮލަރު ލިބިފައި ވެއެވެ.