ސީސްޕޯޓްސްއިން ސްޕޮންސަރ ކޮށްގެން،18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެ ރާއްޖެ ބޮޑީބޯޑިން އިން ފުވައްމުލަކުގައި ބޭއްވި އެލައިސް ބޮޑީބޯޑިންގ މުބާރާތުގެ ޗެމްޕިއަންކަން މުޙައްމަދު ވިއާމް ހޯދައިފިއެވެ.

ވިއާމް މި މުބާރާތް ކާމިޔާބުކުރީ، ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޢަބްދުﷲ ޝިމާލް ޝަމީމް ބަލިކޮށްގެންނެވެ. މުބާރާތުގެ ތިންވަނަ ހޯދީ، މިދިޔަ އަހަރުގެ މުބާރާތުގެ ރީ ކޮލިފައިނުން ކެޓި ޝިނާޒް މުޙައްމަދެވެ.

Articl Inline Image

ރާއްޖެ ބޮޑީބޯޑިން އަކީ ރާއްޖޭގައި ޒުވާން ބޮޑީބޯޑަރުން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. އެގޮތުން ސީސްޕޯޓްސްގެ ސްޕޮންސާޝިޕްގެ ދަށުން މިއަހަރު، ރާއްޖޭގެ އިތުރު ދެ ސަރަހައްދެއްގައި، ބޮޑީބޯޑިން މުބާރާތް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.