ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ބާސެލޯނާގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައި، އިނގިރޭސި ފުޓްބޯޅައިގެ ގަދަފަދަ ބާރު، ލިވަޕޫލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ފުރަތަމަ ލެގުގައި ބާސާ ވަނީ، އަމިއްލަ ދަނޑުގައި 3-0ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް ފައިނަލްގެ އުންމީދު އާކޮށްފައެވެ. ނަމަވެސް، އެންފީލްޑްގައި ލިވަޕޫލް ދެއްކި ވަރުގަދަ ކުޅުމާއެކު އެޓީމުން ވަނީ، 4-0ގެ ނަތީޖާއަކުން (4-3 އެގްރިގޭޓް) ބާސާ ބަލިކޮށް، ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.

އެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑާއި ފަހު ލަނޑު ޖަހައިދިނީ، ޑިވޮކް އޮރިޖީއެވެ. އަދި އަނެއް ދެލަނޑު ޖަހައިދިނީ، ޖިއޮޖީނިއޯ ވައިނަލްޑަމްއެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ލިވަޕޫލް ބަލިވީ ރެއާލް މެޑްރިޑް އަތުން 3-1 އިންނެވެ. މިއަހަރުގެ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ކުޅޭނޭ ޓީމެއް ކަށަވަރުވާނީ، މިރޭ ނެދަލެންޑްސްގެ އަޔެކްސްއާއި އިންގްލޭންޑުގެ ޓޮޓެންހަމް ކުޅޭ މެޗަށް ފަހުއެވެ. މި