ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ލަންޑަންގެ ދެ ވާދަވެރިން ކަމަށްވާ ޗެލްސީއާއި އާސެނަލް ވާދަކުރާން ޖެހިއްޖެއެވެ.
ޗެލްސީން މި މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ، ޖަރުމަނުގެ އެއިންޓްރެޗް ފްރެންކްފާރޓްއާ ވާދަކޮށް، ދެ ލެގްގައި 2-2ގެ އެގްރިގޭޓް ނަތީޖާއަކުން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 3-4ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
އާސެނަލް ފައިނަލުން ޖާގަ ހޯދީ، ސްޕެއިންގެ ވެލެންސިއާ އަތުން، ދެވަނަ ލެގުގައި 4-2 (އެގްރިގޭޓް 7-3)ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، މި ހިނގާ މޭމަހުގެ 29 ވަނަ ދުވަހު އަޒަރްބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.