ތިމާއަކީ ހުރިހާ ގޮތުންވެސް ސާފުތާހިރުމީހަކަށް ވުމަކީ އެއީ ތިމާގެ އަމިއްލަ ނަފުސަށާއި ތިމާއާއި އެކީގައި އުޅޭމީހުންނަށް ވެސް ކޮށްދެވޭ ހެޔޮކަމެކެވެ. މީހަކާ ފުރަތަމަ ފަހަރަށް ދިމާވާއިރު އެންމެ ކުރިން ފާހަގަކުރެވޭ ކަންތަކުގެ ތެރޭގައި އެމީހެއްގެ ސާފުތާހިރުކަމާއި އަދި ހިނިތުންވުން ހިމނެއެވެ. ރަނގަޅަށް އަނގައިގެ ސާފުތާހިރުކަން ބަލަހައްޓާނަމަ މިދެކަމުންވެސް ތިމާ ފާސް ވީއެވެ.

ގިނަ މީހުންގެ ވިސްނުންހުރީ މިގޮތަށްކަން އެނގިގެން ދަނީ މިހާރު މާކެޓް ތަކުގައި ދަތްއުނގުޅާ ބުރުސްތަކަށް ބަލާލުމުންނެވެ. އާދައިގެ ބުރުސްތަކާއި ބެޓެރީ ލައްވާ ބުރުހާއި އަދި ކަރަންޓުގެ އެހީގައި ބޭނުންކުރާ ބުރުހެވެ. އެގޮތުން މިއަދު ދައްކާލަން މިއުޅެނީ ކަރަންޓުގެ އެހީގައި ބޭނުން ކުރާ، ފަންސާސް ޑޮލަރުގެ "ގޯބީ" ބުރުހުގެ ވާހަކައެވެ.

Articl Inline Image

ބުރުހުގެ އަގަކީ ފަންސާސް ޑޮލަރު ނަމަވެސް ކޮންމެ ގޯބީ ބުރުސް ކިޓެއްގެ އަގަކީ ފަސްދޮޅަސް ފަސް ޑޮލަރެވެ. އަދި ކޮންމެ ކިޓަކާއެކު ބުރުސް، "ހައިޖީން" ސްޓޭންޑު، ޗާޖަރު، ޔޫއެސްބީ ކޮންވާރޓަރު އަދި ބުރުސް ކަވަރެއް ލިބެއެވެ. އެމީހަކަށް ކަމުދާ ކުލައަކުން މި ބުރުސް ގަނެވޭއިރު ބައެއް މަގްބޫލު އެޑިޝަންތަކުގެ އަގު ހަތްދިހަ ފަސް ޑޮލަރާވެސް ކައިރިކުރެއެވެ.

މި ބުރުސް އުފެއްދި ކޮމްޕެނީ އިން ބުނާ ގޮތުގައި އާންމު ބުރުހަކަށް ވުރެ ފުރިހަމަޔަށް ގޯބީ ބުރުހުން ދަތްތައް ސާފުކޮށްލަދެއެވެ. ބުރުހުގެ ސްމާރޓް ޑިޒައިން ކައުންޓަރު މަތިން މާ ބޮޑު ޖާގައެއް ނުނަގާނެ ކަމަށާއި އަދި ބަލާބެލުމަށްވެސް އެހެން ބުރުސް ތަކަކަށް ވުރެ ރީތިވާނެ ކަމަށް މި ބުރުސް އުފެއްދި މީހުން ބުނެއެވެ. އަދި މިބުރުސް ވިއްކާލައިގެން ކުރާ މަންފާގެ ވަކި ޕަސެންޓެއް ހޭދަ ވެގެން ދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަނގައިގެ ސާފުތާހިރުކަމަށް ޚާއްސަ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމަށެވެ.