އުމުރުން ފަސްދޮޅަސް ހަތް އަހަރުގެ ޖޯނީ ޖޯންސަން އެންމެ ފުރަތަމަ މޮޑެލްކުރަން ފެށިއިރު ކުޑަކޮށް ފަސްޖެހުނު ކަމަށްވިނަމަވެސް މިހާރު އޭނާދަނީ ދުނިޔެއަށް މަޝްހޫރު ބްރޭންޑެއް ކަމަށްވާ ފެންޓީގެ ފުރަތަމަ ކެމްޕޭނުގައި މޮޑެލް ކުރަމުންނެވެ. ޖޯނީއަކީ ފެންޓީގެ ބާނީ ކަމަށްވާ ރިއާނާގެ އަމިއްލަ ހޮވުމެކެވެ.

ނިއުޔޯކަށް އުފަން ޖޯނީ ވަނީ ކުރިންވެސް ނަން މަޝްހޫރު އެހެނިހެން ބްރޭންޑްތަކަށް މޮޑެލްކޮށްދީފައެވެ. އެގޮތުން އައިލީން ފިޝާރ އަދި ސީޑީއެލްއެމް ފާހަގަކޮށްލެވެއެވެ. ޖޯނީ މަޝްހޫރު ވެގެންދިޔައީ ކިހިނެތްކަން އިންޓަވިއު އެއްގައި ކިޔައިދެމުން އޭނާ ބުނެފައިވަނީ އެކަން ފެށުނީ 2016 ވަނަ އަހަރު އޭނާގެ ފިރިމީހާއާއި އެކީ މަންހަޓަންގައި އުޅެނިކޮށް ފޮޓޯ ނަގާ މީހަކަށް ފެނިގެން ކަމަށެވެ. އަދި ފޮޓޯ ނަގަން އޭނަ އެހާ ބޭނުން ނުވި ކަމުގައި ވިޔަސް އޭނާގެ ފިރިމީހާގެ އެދުމުގެ މަތިން ފޮޓޯނަގާ މީހާއަށް މޮޑެލްކޮށްދިނީއެވެ.

Articl Inline Image

ފޮޓޯތައް ނެގިތާ ހަފްތާތަކެއް ފަހުން ކާސްޓިން އޭޖެންޓެއް ޖޯނީގެ ދިގު އާދަޔާހިލާފު ރީތި އިސްތަށިގަނޑާ ބެހޭގޮތުން ވީޑިއޯއްހެދިއެވެ. އޭރު ޖޯނީ މަސައްކަތް ކުރަމުން އައީ " ޓީ ބްލެންޑިން ބިޒްނަސް"ގައެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު އޭނާގެ ފިރިމީހާ ކުއްލިއަކަށް މަރުވުން ޖޯނީ އާ ފެށުމެއް ފަށަން ނިންމިއެވެ. އަދި އާ ހިތްވަރަކާ އެކީ މޮޑެލްކޮށް އެ ރޮނގުން ކުރިޔަށްދާން ނިންމީ އެއީ ޖޯނީގެ ފިރިމީހާ ބޭނުންވާނެގޮތް ކަމަށްބުނެފައެވެ.