ސޯލްޓް ލޭކް ސިޓީއަށް އުފަންވި އެއްމާބަނޑު ދެކުދިން ކަމަށްވާ މަލިޔާ އަދި ކެންޑްރާގެ ވާހަކައަކީ ވަރަށް އާދަޔާ ޚިލާފުވާހަކައެކެވެ. މި ދެބެންނަކީ ގަރުބަގަތުމުގައި ނިބޫ ކުދިންގެ އިތުރުން އުނަގަނޑުން ތިރިން ގުޅިފައިތިބި ދެކުދިންނެވެ. މަލިޔާ އާއި ކެންޑްރާ އުފަންވިއިރު ދެކުދިންގެ ދެމެދުގައި ބޭނުންކުރަމުން އައީ އެއް ލިވާރ، އެއް ކިޑްނީ އެއް ގޮހޮރު އަދި ދެފައެވެ. އުފަންވުމަށް ފަހު 24 ގަޑި އިރަށްވުރެ އިތުރަށް ދިރިތިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ބުނެފައިވި ނަމަވެސް މިހާރު މި ކުދިންގެ އުމުރުން 17 އަހަރެވެ.

Articl Inline Image

ދެކުދިންގެ އުމުރުން ތިން އަހަރުގައި އެކުދިންގެ މައިންބަފައިން ޖޭކް އަދި އެރިންއަށް ކުރިމަތިވީ ވަރަށް އުނދަގޫ ނިންމުމެއް ނިންމާށެވެ. އެއީ ގުޅިފައިތިބި ދެކުދިން ވަކިކުރަން ބިރުބޮޑު ސާޖަރީއެއް ހަދާނީތޯ ނޫނީ ތިބިގޮތަށް ދޫކޮށްލާނީތޯއެވެ. އުމުރުން އެންމެ ތިން އަހަރުގައި 26 ގަޑިއިރުގެ ދިގު ސާރޖަރީ އަކަށްފަހު ދެކުދިން ވަކިކޮށްލެވުނީ މައިންބަފައިންގެ ނިންމުމާ އެއްގޮތަށެވެ. އަދި އޭގެ ފަހުން މިދެކުދިން އުޅެމުން އަންނަނީ ކޮންމެ ކުއްޖަކު އެއްފައި މަތީގައެވެ. ވަކިވުމަށްފަހު ވެސް ދެކުދިން އެހެން ގިނަ ސިއްހީ ބޮޑު ފަރުވާތައް ކުރަންޖެހިފައިވެއެވެ.

Articl Inline Image

ކެންޑްރާއަށް ކިޑްނީއެއް ލިބެންދެން ޑައިލެސިސްހެދުމާ އަދި އޭނާއަށް ލިބުނު އޭނަގެ މަންމަގެ ކީޑްނީ ފެއިލް ވުމުން އަނެއްކާ އާ ކީޑްނީއެއް ލިބެންދެން އަހަރަކާއި ހަމަސް ދުވަހަށް ޑައިލެސިސް ހެދުމެވެ. މަލިއާއަށް ދެކުދިންގެ ދެމެދުގައި ބޭނުން ކުރަމުން އައި ކިޑްނީ ލިބުނުކަމުގައި ވިޔަސް އޭނަވެސް ގިނަ ކިޑްނީ ޓްރާންސްޕްލާންޓް ތަކެއް ހަދަންޖެހިފައިވެއެވެ. އަދި މީގެ އިތުރުން ބުރަކަށި ސީދާ ކުރަން ސާޖަރީއަކާ އެހެން އެހެނިހެން ސާޖަރީތައް ހެދިނަމަވެސް މިހާރު ކެންޑްރާމެން އުޅެމުން ދަނީ އުފާވެރި ދިރިއުޅުމެކެވެ.

ސްކޫލް ކުދިންގެ މަލާމާތައި ކުރިމަތިލާން ނުޖެހޭކަމަށާއި އަދި ވަކިވުމުގެ ސަބަބުން އުފާ ވާކަމަށް ބުނާ ކެންޑްރާ އަދި މަލިއްޔާ ބުނާގޮތުގައި ދެފައި ނެތަސް އޭގެ އުނދަގުލެއް އިހުސާސު ނުކުރެވޭކަމަށެވެ.