އިންޑިއާގެ މަހާސްތުރާ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ނަވީ މުމްބާއީގައި ވަގު ކުއްތާއެއް ރޭޕްކުރި ކަމުގެ ތުހުމަތުގައި އުމުރުން 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ހުކުރު ދުވަހު އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން، މަހަރާސްތުރަގެ ޕާންވެލް ފުލުހުން ވަނީ، މުމްބާއީގެ ސްމާޓް ސިޓީއެއްކަމަށްވާ ކަރްގަރުގައިި، މަގުމަތީގައި އުޅޭ އަންހެން ކުއްތާއެއް ރޭޕްކުރުމުގެ ތުހުމަތުގައި ރެސްޓޯރަންޓެއްގެ ވެއިޓަރުކަންކުރަމުން އަންނަ މުންނާ ކުމާރު ކިޔާ 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

Articl Inline Image

އިންޑިއާގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރާ އޯގަސްޓް 15 ވަނަ ދުވަހުގެ ތައްޔާރީތަކުގައި އެންމެން މަޝްޣޫލުވެފައިވި ދަނޑިވަޅުގައި މީސްމީޑިއާގައި ވައިރަލްވެގެން ދިޔަ ވީޑިއޯ ނަގާފައި ވަނީ، 14 އޯގަސްޓްގައި ކަމަށާއި، އެ މައްސަލަ ފައިލްކޮށްފައި ވަނީ، ޖަނަވާރު ހިމާޔަތްކުރާ ފަރާތެއް ކަމަށްވާ، ވިޖޭ ރަންގަރޭ ކިޔާ މީހަކު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޖިންސީފުރައްސާރައިގެ ކުށްތައް އިންތިހާއަށް އިންޑިއާގައި އިތުރުވެފައިވާއިރު، ޖަނަވާރުތަކަށްވެސް ޖިންސީ ގޯނާކުރުން އެގައުމުގައި މިފަހަކަށް އައިސް އިތުރުވަމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ. ޖަނަވާރަކަށް ޖިންސީގޯނާކުރިކަން ސާބިތުވެއްޖެ ނަމަ އިންޑިއާގެ ގާނޫނުއަސާސީގެ 377 ވަނަ މާއްދާގެ ދަށުން 10 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.

މީގެ ކުރީން ހިނގާފައިވާ މިފަދަ ބައެއް ކޭސްތަކުގެ ތެރޭގައި، ވެސްޓް ބެންގާލްގައި މީހަކު ކުއްތާއެއް ރޭޕްކުރުމާއި، ސެކިއުރިޓީ ގާޑަކު ތަކުރާރުކޮށް ކުއްތާއެއް ރޭޕްކުރުމާއި، ކެރެލާގައި މަރުގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހަކު ބަކަރިއަކަށް ޖިންސީގޯނާކުރާ ވީޑިއޯއަކާއި، ހަމަ އެ ސްޓޭޓްގައި ކާޕެންޓަރަކު ވަގުކުއްތާއެއް ރޭޕްކުރުމާއި، މަދުޔަ ޕްރަދޭޝްގައި 25 އަހަރާއި 50 އަހަރުގެ ދެމީހަކުވެގެން ގެރިއެއް ރޭޕްކުރި ހާދިސާ ހިމެނެއެވެ.