ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާގައި މިވަގުތު ގިނަ ކުންފުނިތަކެއް ހަރަކާތްތެރިވެއެވެ. ނަމަވެސް، އިތުބާރާއި ޔަގީންކަމާއެކު މަސައްކަތްކުރާ ކުންފުނިތައް އަދިވެސް މަދެވެ. އެ މަދު ކުންފުނިތަކުގެ ތެރޭންވެސް، މަސައްކަތުގެ ފެންވަރާއި، ދުވެއްޔަށް ބަލައި ފާހަގަކޮށްލެވޭ އެއް ކުންފުންޏަކީ މަޝްހޫރު އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.

މާލޭގެ ހަނިމަގުތަކާއި ތޮއްޖެހިފައިވާ ބިމުގައި، ދަތި އުނދަގޫ ހާލަތުގައިވެސް ޢިމާރާތްކުރުމުގެ މަސައްކަތުގެ ތަޖްރިބާއާއި، ފެންވަރާއި ދުވެލި ދައްކުވައިލި ސައްތައިން ސައްތަ ދިވެހި، އަމިއްލަ މިކުންފުނިން ވަނީ، ކުދި ގެތަކުން ފެށިގެންގޮސް، ބޮޑެތި އޮފީސް އިމާރާތްތަކާއި ސްކޫލް މަދަރުސާ، އަދި އެއާޕޯޓް އަދި ރިސޯޓް ތަރައްގީކުރުން ފަދަ ބިޔަ މަޝްރޫޢުތައްވެސް ކާމިޔާބުކަމާއެކު ހިންގައިފައެވެ. ޚާއްސަކޮށް، އައްޑޫ ސިޓީގެ ހިތަދޫގައި 2011 ވަނަ އަހަރު ކުރިއަށް ގެންދިޔަ ހިތަދޫ ކޮންވެންޝަން ސެންޓަރު ބިނާކުރުން ވެގެން ދިޔައީ އަމިންގެ ސްޕީޑާ މެދު ދިވެހީން ފަޚުރުވެރިވާކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައެވެ.

އެންމެ ފަހުން، އަމިންއިން ކުރިއަށް ގެންދިޔަ މިފަދަ "ހަލުވި" މަޝްރޫޢަކީ އއ. އުކުޅަހުގައި ޢިމާރާތްކުރި އުކުޅަސް ކޮންވެންޝަން ސެންޓަރުގެ މަސައްކަތެވެ. 400 މީހުންގެ ޖާގައިގެ މަލްޓިޕާޕޯސް ހޯލަކާއި، މީޓިންގ ރޫމާއި، ވީއައިޕީ މީޓިންގ ރޫމާއި، ދެ ކްލާސްރޫމާއި، އެޑްމިން އޮފީހާއި ވެއިޓިންގ ރޫމް އޭރިއާގެ އިތުރުން ކޮންވެންޝަން ސެންޓަރުގައި ބާއްވާ ކޮންފަރެންސްތަކަށް ޚާއްސަ ކެފެޓޭރިއާ ސަރަހަށްދަކާއި 8 ފާޚާނާ ހިމެނެއެވެ.

Articl Inline Image

އެއް މަސްދުވަހުގެ ތެރޭގައި އއ. ކުކުޅަސް ކޮންވެންޝަން ސެންޓަރު ޢިމާރާތްކޮށް ނިންމުމަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރާއެކު އަމިންއިން ސޮއިކުރީ، މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ، ޖުލައި 27ގައެވެ. ބަރާބަރު 29 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ފުރިހަމަކޮށް، 24 އޯގަސްޓް 2018 ވަނަ ދުވަހު އަމިން އިން ވަނީ އެ ޢިމާރާތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރާ ހަވާލުކޮށްފައެވެ. އަދި އެ މިނިސްޓްރީން ވަނީ، ހަމަ މިދުވަހު، އެ ޢިމާރާތް އުކުޅަހު ކައުންސިލާ ހަވާލުކޮށްފައެވެ.

އުކުޅަސް ކޮންވެންޝަން ސެންޓަރު (ޔޫސީސީ) އުކުޅަހު ކައުންސިލާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، " މި މަޝްރޫޢަކީ މިހާތަނަށް އެންމެ ބާރު ސްޕީޑުގައި ނިމިގެން ދިޔަ މަޝްރޫޢު،" ކަމަށެވެ.

"ބާރު ސްޕީޑްގައި އެއްވެސް ދަތިކަމެއް ނެތި، މިހާ ފުރިހަމަކޮށް މިފަދަ މަޝްރޫޢުތައް ނިމިގެން ދިއުމަކީ، ލޯކަލް ކޮންޓްރެކްޓަރުންގެ ގާބިލްކަން އެނގިގެންދާ ކަމެއް" ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Articl Inline Image

މުސްތަގުބަލުގައި ރާއްޖޭގައި ބާއްވާނޭ ތަފާތު ބޮޑެތި ފެއަރތަކާއި އެގްޒިބިޝަން އަދި ކޮންފަރެންސްތަކަށްވެސް ޚާއްސަވެގެން ދާނޭ، 20.8 މިލިއަން ރުފިޔާގެ މި މަޝްރޫޢާ ގުޅޭގޮތުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ، "މިހާ ބޮޑު މަޝްރޫޢެއް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާނޭ ކަމަށް ގަބޫލު ނުކުރެވުނު،" ކަމަށެވެ.

ނަމަވެސް އަމިންއިން އެ ކުންފުނީގެ ދުވެލި ދައްކާލައި، އެއްބަސްވި މުއްދަތުގެ ތެރޭގައި މަޝްރޫޢު ފުރިހަމަކުރުމުން، އޭނާ ވިދާޅުވީ،" އެއްބަސްވުމުގައި ސޮއިކުރިތާ 29 ދުވަހުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމުމުން ސަރުކާރުގެ ތަރައްގީގެ ދުވެލި ވަރަށް ހަލުވިކަން އެނގިގެން ދިޔަ،" ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެއަކަސް ބައެއްގެ ދުވެލި ކޮންމެ ގޮތަކަށް ހުރިކަމުގައި ވީ ނަމަވެސް، އަމިން ކޮންސްޓްރަކްޝަނުން މިވަނީ، އެ ކުންފުނީގެ މަސައްކަތުގެ ތަޖްރިބާއާއި ދުވެލި ދައްކާލައިފައެވެ. އަމިން ކޮންސްޓްރަކްޝަންގެ މި މަސައްކަތަކީ ހަމަ އެކަނި ސަރުކާރާއި އުކުޅަހު ރައްޔިތުން ފަޚުރުވެރިވާނޭ މަސައްކަތަކަށްވުރެ، މުޅި ދިވެހި ގައުމުގެވެސް ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާ ކުރިއަރައި ގޮސްފައިވާ މިންވަރާމެދު ފަޚުރުވެރިވާނޭ މަސައްކަތެކެވެ. އަމިން ކޮންސްޓްރަކްޝަނާއި، އެކުންފުނީގެ މެނެޖްމަންޓާއި، ކުންފުނީގެ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާއި ސާބަހެވެ.

Articl Inline Image

އުކުޅަހުގައި އަމިން އިން މަސައްކަތް ކުރިއަށް ގެންދިޔައިރު ސަރުކާރާއި، އުކުޅަހު ކައުންސިލް، އަދި ޚާއްސަކޮށް އުކުޅަހުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދިޔަ ހިތްވަރު ދިނުމާއި، ލޯތްބާއި، އެހީތެރިކަމާއި އެއްބާރުލުން، އަމިންއިން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރުވެރި ވަނީ ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު ކަމަށް އެ ކުންފުނިން ބުނެއެވެ.