ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް ކޮވިޑް19އަށް މާލޭގައި ދިރިއުޅޭ ރައްޔިތަކު ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކޮވިޑް19އަށް ފައްސިވެފައިވާ ކަމަށެވެ. އަދި މިއީ މާލެތެރޭން މިހާތަނަށް ފައްސިވި ފުރަތަމަ މީހާ ކަމަށެވެ.

"މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ވަނީ #ކޯވިޑް19 އަށް ޕޮސިޓިވްވެފައި. މިއީ މާލޭ ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާ. އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 6 ވަނަ މީހާ. މީނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން،" އެޗްޕީއޭއިން ބުނެފައިވެއެވެ.