މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވަބާ، ކޮވިޑް19އަށް ރާއްޖޭގެ ވެރިރަށް މާލެއިން 7 ވަނަ މީހަކު ފައްސިވެއްޖެއެވެ.

މިއީ ރާއްޖޭން މިހާތަނަށް ކޮވިޑަށް ފައްސިވި 27 ވަނަ މީހާއެވެ. މާލެއިން 7 ވަނަ މީހަކު ފައްސިވިކަން އެޗްޕީއޭއިން އިއުލާނުކޮށްފައި މިވަނީ، 6 ވަނަ މީހާ ފައްސިވިކަން އިއުލާނުކުރިތާ ގަޑިއެއްހާއިރު ފަހުންނެވެ.

ހަވަނައަށް ފައްސިވި މީހާ (ކޭސް 26)އަކީ ދިވެއްސެއް ކަމަށާއި އަދި އޭނާއަކީ (ކޭސް:23)ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށާއި އޭނާ ފައްސިވިކަން އެނގުނީ، އޭނާގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނި، ޓެސްޓު ހެދުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް19އަށް ފައްސިވި މީހާއަކީ، ދުނިޔޭގައި ކޮވިޑް ފެތުރެންފެށި މި މުއްދަތުގެ ތެރޭގައި އެއްވެސް ތަނަކަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އެހެންކަމުން އޭނާއަށް މި ބަލި ޖެހިފައިވަނީ، ކިހިނެއްކަން ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮވިޑަކީ މިހާތަނަށް އަދި އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ، ފަސޭހައިން ފެތުރޭ ނުރައްކާތެރި ބައްޔަކަށް ވާއިރު، ކަމާބެހޭ މާހިރުންގެ ލަފައަކީ، ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުމާއި، އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އާންމުކޮށް އަޅާ ހުރިހާ ފިޔަވަޅުގެ އިތުރުން، އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި މިކަމުން ރައްކާތެރިވުމުގެ ގޮތުން ގޭން ބޭރަށް ނުނިކުތުމެވެ.