ކޮވިޑް19 ހުއްޓުވުމަށް އެޗްޕީއޭއިން މިހާރު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު، ވޭތުވެ ތިންދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފައްސިވާ މީހުންގެ އަދަދު މިއަންނަނީ ދަށްވަމުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން ކޮވިޑަށް އަލަށް ފައްސިވި މީހުންގެ އަދަދަކީ، 96އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 125އެވެ. އަދި މިހާރު ކޮވިޑްޖެހިފައި ތިބި ޖުމުލަ މީހުންގެ އަދަދަކީ، 2406އެވެ.

ވޭތުވެ ދިޔަ ތިންދުވަހުގެ ތެރޭގައި ފައްސިވި މީހުންނަށް ބަލާއިރު، މާރިޗު 11 ވަނަ ދުވަހު 124 މީހުން، މާރިޗު 12 ވަނަ ދުވަހު 114 މީހުން ކޮވިޑަށް ފައްސިވިއެވެ. އަދި މާރިޗް 13 ވަނަ ދުވަހު ކޮވިޑަށް ފައްސިވެފައި ވަނީ 94 މީހުންނެވެ.

މިހާތަނަށް ރާއްޖޭން ކޮވިޑަށް ފައްސިވިކަމަށް ރެކޯޑުކޮށްފައިވާ ޖުމުލަ އަދަދަކީ، 21،572 މީހުންނެވެ. އޭގެތެރޭން 19،095 މީހުން ރަނގަޅުވެފައިވާ އިރު، 64 މީހުންވަނީ، ކޮވިޑް19ގައި ނިޔާވެފައެވެ.