ކޮވިޑް19 ޖެހިގެން ފަރުވާދެމުން ދިޔަ ޢުމުރުން ދުވަސްވީ ދިވެއްސަކު އަނެއްކާވެސް ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑް ޖެހިގެން މިރޭ ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 79 އަހަރުގެ އަންހެނެއް ކަމަށެވެ.

މިރޭ ނިޔާވި މީހާއާއެކު، ރާއްޖޭން ކޮވިޑް19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 65އަށް އަރައިފައެވެ.

"ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްފައިވާ އުމުރުން 79 އަހަރުގެ އަންހެނަކު، މިރޭ 7:17ގައި ވަނީ ނިޔާވެފައި" އެޗްޕީއޭއިން ބުންޏެވެ.

މިރޭ، ކޮވިޑްޖެހިގެން މީހަކު ނިޔާވެފައިވާއިރު، ރާއްޖޭގައި، ކޮވިޑް19 ފެތުރޭ މިންވަރު، އަނެއްކާވެސް މިވަނީ މަތިވެފައެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން 186 މީހަކު ވަނީ ކޮވިޑް19އަށް ފައްސިވެފައެވެ.