ޔުނައިޓެޑް ރިޕަބްލިކް އޮފް ޓެންޒެނިޔާގެ ރައީސް ކަމުގެ މަގާމުގެ މަގާމާ ފުރަތަމަ ފަހަރަށް ކަނބަލަކު ހަވާލުވެ ހުވާކުރައްވައިފިއެވެ.

ޓެންޒެނިއާގެ ފަސްވަނަ ރައީސް، ޖޯން މަގުފުލީ، ހިތްޕުޅުގެ އާލާސްކަންފުޅެއްގައި އަވަހާރަވުމާ ގުޅިގެން، އެގައުމުގެ ހަވަނަ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތީ، މަގުފޫލީގެ ނައިބެއްގެ ގޮތުގައި 2015 ވަނަ އަހަރު ހޮވިވަޑައިގެންނެވި، ސަމިއާ ސުލޫހޫ ޙަސަން (މަމާ ސަމިއާ"އެވެ.

ސަމިއާ ސުލޫހޫ ޓެންޒެނިއާގެ ރައީސްކަމާ ޙަވާލުވެވަޑައިގަތުމާއި ގުޅިގެން، ރާއްޖޭގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ އެ ކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ. ރައީސް ޞާލިޙުގެ ތަހުނިޔާ މެސެޖުގައި، ދިވެހިރާއްޖެއާއި ޓެންޒެނިޔާގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ރޮނގުންނާއި ކޯވިޑް-19 އިން ސަލާމަތްވުމަށް ކުރަމުންގެންދާ މަސައްކަތުގެ އިތުރުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރުން އެއްބާރުލުންދެއްވާނެ ކަމުގައި ވިދާޅުވިއެވެ.