އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހާރސްޓް (އާރްއެމްއޭއެސް)އިން ކުރިއަށް ގެންދިޔަ، ކޮމިޝަނިން ކޯހުގައި ބައިވެރިވި ދިވެހި އަސްކަރިއްޔާގެ ކަނބަލަކަށް އެ ކޯހުގެ ފަހުރުވެރި މަގާމެއް ލިބިއްޖެއެވެ.

އާރްއެމްއޭއެސްގެ ކޮމިޝަނިން ކޯހުގައި މިހާތަނަށް ތަމްރީނުވި، ފުރަތަމަ ދިވެހި އަންހެން އޮފިސަރު ކަމަށްވާ، އޮފިސަރ ކެޑެޓް ފިރުޝާނާ ތައުފީގަށް ލިބިފައި ވަނީ، އޭނާ ފުރިހަމަކުރި ތަމްރީނުގެ "ބެސްޓް އިންޓަރނޭޝަނަލް ސްޓުޑެންޓް އެވޯޑް"އެވެ.

ފިރުޝާނާގެ މި ކާމިޔާބީ ފާހަގަކޮށް، ރާއްޖޭގެ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވަނީ، އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ.