އެމެރިކާގެ ކޮލަރާޑޯ ސްޓޭޓްގެ ބޯލްޑާގައި ހުންނަ ކިންގް ސޫޕަރސް ނަމަކަށް ކިޔާ ސުޕަރމާކެޓަކަށް ބަޑި ހިފައިގެން ހުރި މީހާކު ވަދެ އާއްމުންނަށް ހަމާލާދިނުމުގެ ސަބަބުން ފުލުހަކާއި އާއްމުންގެ އެތައް ބަޔަކު މަރުވެއްޖަކަމަށް އެގައުމިގެ ނޫސްތަކުން ހާމަ ކޮށްފިއެެވެ.

އެ ސްޓޭޓްގެ ފުލުހުން ބުނީ ހޮނިހިރުދުވަހުގެ ހަވީރުގެ ވަގުތު ހިނގައިދިޔަ މިހާދިސާއާ ގިޅިގެން މިހާރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އަދި އެމީހާއަށް ވެސް ވަރަށް ބޮޑަށް އަނިިޔާވެފައި ކަމަށެވެެ.

މިހާދިސާގަައި 10 މީހަކު ވަނީ މަރުވެފައެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް (މޯޓިވްއެއް) އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ސީންއެންއެންއިން ހާމަ ކުރާގޮތުގައި މިހަމަލާ ދޭން ބޭނުންކޮށްފައިވަމީ އޭއާރު-15 ސްޓައިލްގެ ރަައިފަލް ބަޑިއެއް ކަމަށް ފުލުހުންގެ ސީނިއާރ މަސްދަރަކުން މައުލޫމަތު ދެއެއެވެ.